ދިވެހިރާއްޖެ
c
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ފީއަލީ، ނަންބަރު: (IUL)370-ESMS SC/370/2018/12
ދިވެހިރާއްޖެ.
އިޢުލާން
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި ފ.ފީއަލީ ކައުންސިލާއި ގުޅިގެން ނިޔަމި ކަމުގެ ކޯސް ( CNC2 Level 2) ހިންގުމާއި ގުޅޭ
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި ފ.ފީއަލީ ކައުންސިލާއި ގުޅިގެން ނިޔަމިކަމުގެ ކޯސް ( CNC2 Level 2 ) 2018 ޖޫން 16 އިން ފެށިގެން 2018 ޖޫން 18 ގެ ނިޔަލަށް ފ.ފީއަލީގައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގެ ފީއެއްގެގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ -/2000 ( ދެހާސް ) ރުފިޔާއެވެ. މިކޯހުގައި ނަންނޯޓްކުރުން މިއަދުން ފެށިގެން 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ކުރަންދެން ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓް ކުރުމަށް ވަޑައިގަންނަވާއިރުގައި މުއްދަތު ހަމަނުވާ އައީޑީ ކާޑް ހިފައިގެން ވަޑައިގެއްދެއްވުން އެދެމެވެ. ހަމައެފަދައިން ފޯނުން 9992798 އަށް ގުޅުއްވައިގެން މިކޯހުގައި ބައިވެރިވުމަށްޓަކައި ނަންނޯޓް ކުރެވޭނެވާހަކަވެސް ދަންނަވަމެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކޯހުގެފީ މިއިދާރާއަށް ދެއްކުމަށް ދަންނަވަމެވެ. މި ކޯހަކީ 30 ( ތިރީސް ) ބޭފުޅުންގެ ޖާގައިގެ ކޯހަކަށް ވާތީވެ އެންމެ ފުރަތަމަ ނަން ނޯޓްކުރާ 30 ބޭފުޅުންނަށް ޖާގަލިބިގެން ދާނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
06 I1439
21 މެއި 2018
މުޙައްމަދު ޖަލީލް
ކައުންސިލްގެ ރައީސް