ކުއްޔަށް ދިނުން
ނަންބަރު: (IUL)305/305/2018/53
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 27 މޭ 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު ބަންޑާރަ ރުއްތަކާއި، ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުން

އިޢުލާން

ރ.މާކުރަތު ބަންޑާރަ ރުއްތަކާއި، ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުން

މި އިދާރާގެ ނަންބަރު : (IUL)305/305/2018/42 ( 03 މެއި 2018 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ ޢިއުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

ރ.މާކުރަތު ބަންޑާރަ ރުއްގަޑާއި، ރައްޔިތުންގެ ރުއްގަޑު މީލާދީ 3 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.

މިރުއްތައް ވަރުވާއަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 މެއި 2018 ވާ އަންގާރަދުވަހުގެ މެންދުރުފަހު، 13:00 ށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 މެއި 2018 ވާ އާދިއްތަދުވަހުގެ 13:00 ށް މިއިދާރާއަށް ޙާޟިރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަގުހުށަހަޅަންވާނީ 2 ރުއްގަޑަށް ވަކިން ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެ އަދި " ބަންޑާރަ ރުއްތައް ވަރުވާއަށް ހިފުމަށް "، " ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހިފުމަށް " މިހެން ލިޔުއްވާފައެވެ.

 ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-500 ރުފިޔާ އެވެ.

  • ބަންޑާރަ ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-700 ރުފިޔާ އެވެ.

 ހުށަހަޅުއްވައި ބިޑުގައި ތިރިގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. ރުއްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް).
  2. ރުއްތައް ދިރުވާ އާލާ ކުރުމަށް ކުރާނެ މަސައްކަތުގެ ތަފްސީލް.
  3. ރުއްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ.

ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ހުށަހަޅާ އެންމެ ބޮޑު ކުލި (އަހަރުދުވަހަށް) %75
  2. ރުއްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
  3. ރުއްތަކުން ލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  05 ރަމަޟާން 1439

                  20   މެއި  2018

20 މޭ 2018