ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2018/32
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި:
12 ޖޫން 2018 12:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިތުރުޒަކާތް ބަލައިގަތުން
1439 ވަނައަހަރުގެ ރަމަޟާންމަހު ފިޠުރުޒަކާތް، 05 ރަމަޟާން 1439 (20 މެއި 2018) ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1439 (12 ޖޫން 2018) ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 12:30 އަށް މި އިދާރާއިން ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.
ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ މިންވަރަށް ފައިސާއިންނެވެ.
- އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ 14.40ރ
- ތައިލެންޑް ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ 48.00ރ
- ބާސްމަތީ (ގޯނި) ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ 60.00ރ
- ބާސްމަތީ (ޕަކެޓް) ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ 72.00ރ
- ބާސްމަތީ އެންމެމޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަންވާނީ 84.00ރ
ފިޠުރުޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު ވަކިލާރީގެ ކަންތައް ހަމަޖައްސަވައިގެން ވަޑައިގެން ދެއްވުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 މޭ 2018