ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-IM/1/2018/80
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2018
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 29 މޭ 2018 14:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޓީޗަރ (ފިޔަވަތި، ހުޅުމާލެ)

މި މިނިސްޓްރީއާއި  މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ޓީޗަރ (ފުލްޓައިމް)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (01 އަހަރު)

ސެކްޝަން:

ފިޔަވަތި، ހުޅުމާލެ

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުޞޫލުން، ދުވާލަކު 8 ގަޑިއިރު)

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ބެޗްލަރސް ޑިގްރީ)

- އަސާސީ މުސާރަ މަހަކު: 6295.00 ރުފިޔާ

- ސާރވިސް އެލަވަންސް މަހަކު: 2500.00 ރުފިޔާ

- ސްޕެޝަލް އެލަވަންސް މަހަކު: 2203.25 ރުފިޔާ

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ޑިޕްލޮމާ)

- އަސާސީ މުސާރަ މަހަކު:   5610.00ރުފިޔާ

- ސާރވިސް އެލަވަންސް މަހަކު: 2500.00 ރުފިޔާ

- ސްޕެޝަލް އެލަވަންސް މަހަކު: 1963.50 ރުފިޔާ

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ސެޓްފިކެޓް 4)

- އަސާސީ މުސާރަ މަހަކު: 5020.00 ރުފިޔާ

- ސާރވިސް އެލަވަނސް މަހަކު: 2500.00 ރުފިޔާ

- ސްޕެޝަލް އެލަވަނސް މަހަކު: 1757.00 ރުފިޔާ

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ސެޓްފިކެޓް 3)

- އަސާސީ މުސާރަ މަހަކު: 4465.00 ރުފިޔާ

- ސާރވިސް އެލަވަނސް މަހަކު: 1500.00 ރުފިޔާ

- ސްޕެޝަލް އެލަވަނސް މަހަކު: 1562.75 ރުފިޔާ

މަޤާމުގެ ޝަރުތުތައް:

  1. ޕްރައިމެރީ އެޑިއުކޭޝަން ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން، ނުވަތަ
  2. މި ދާއިރާއިން ލެވަލް 4 ނުވަތަ ލެވަލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިޔަވަތީގެ ކުދިންގެ ކިޔެވުމާއި، ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކުރަން މަސައްކަތްކުރުން
  2. ފިޔަވަތީގެ ކުދިންނަށް ބޭނުންވާ ފިޒިކަލް އެޑިއުކޭޝަންއާ ގުޅުން ހުރި ޕްރޮގްރާމްތައް ރާވާ ހިންގުން.
  3. ކުދިންގެ އަޚްލާޤީ މިންގަނޑުތަކާއި، އުސޫލުތައް ހިފެހެއްޓުމަށް ބާރުދޭ ޕްރޮގްރާމްތައް ރާވާ ހިންގުން
  4. ކުދިން ކުރިޔަށްދާން ބޭނުންވާ ރޮނގުތައް ޙިޔާލުކުރުމުގައި އެހީތެރިވުމާއި، މުޖްތަމަޢުއަށް ނުކުތުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ނަފްސާނީގޮތުން ކުދިން ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓްގެ ކޮޕީ.

 

ސުންގަޑި:

2018 މެއި 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށް. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ހުޅުމާލޭގެ "ފިޔަވަތި" ގައެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ، އަދި ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް

- ކުދިންގެ އުމުރާ ގުޅޭ ގޮތުން ކިޔަވައި ދިނުމަށް ލިބިފައިވާ ފަންނީ ހުނަރުވެރިކަން

- ލިބިފައިވާ ތަޖްރިބާއާއި ހުނަރު

- ކުދިންގެ ޢުމުރާގުޅޭ ގޮތަށް މުޢާމަލާތްކުރުމުގެ ޤާބިލްކަން

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027626 ނަންބަރު ފޯނަށެވެ.

20 މޭ 2018