ދެންނެވުން
ނަންބަރު: (IUL)142-C2/1/2018/126
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2018
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 13 ޖޫން 2018 13:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

`                    

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

     މާލެ،ދިވެހިރާއްޖެ.

 

ނަންބަރު:(IUL)142-C2/1/2018/126

 

އިޢުލާން

 

1439 ވަނަ އަހަރުގެފިޠުރު ޒަކާތްބަލައިގަތުމާބެހޭ

 

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު (1439ހ.) ވެސް މާލެއާއި އަތޮޅުތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއިންނެވެ. މާލެސިޓީގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަނާއި ގަޑިތައް ތިރީގައި އެވަނީއެވެ.

 

  •      މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ( އިސްލާމީ މަރުކަޒު)

-   05 ރަމަޟާން 1439 (20 މެއި 2018) ވާ (އާދީއްތަ) ދުވަހުން ފެށިގެން 29 ރަމަޟާން 1439 (13 ޖޫން 2018) ވާ ބުދަ ދުވަހުގެ ނިޔަލަށް

-   ހެނދުނު 10:30 އިން މެންދުރު 13:00 އަށް.

 

  •   ހުޅުމާލެ، ކޮމިއުނިޓީ ސެންޓަރ ( 03 ވަނަ ފަންގިފިލާ)

-    05 ރަމަޟާން 1439 (20 މެއި 2018) ވާ (އާދީއްތަ) ދުވަހުން ފެށިގެން 26 ރަމަޟާން 1439 (10 ޖޫން 2018) ވާ އާދީއްތަ ދުވަހުގެ ނިޔަލަށް.

-    ހެނދުނު 10:30 – މެންދުރު  13:00 އަށް.

 

  •  ވިލިމާލެ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ ވިލިމާލެ ޔުނިޓު

-   05 ރަމަޟާން 1439 (20 މެއި 2018) ވާ (އާދީއްތަ) ދުވަހުން ފެށިގެން 26 ރަމަޟާން 1439 (10 ޖޫން 2018) ވާ އާދީއްތަ ދުވަހުގެ ނިޔަލަށް.

-    ހެނދުނު 10:30 – މެންދުރު  13:00 އަށް.

 

އަދި މީގެ އިތުރުން، އެސް.އެމް.އެސް މެދުވެރިކޮށް ދިރާގު އަދި އޫރިދޫއިން ފިޠުރުޒަކާތް ބަލައިގަންނާނެއެވެ. އަދި، އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ. މާލެސިޓީގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތައް ތިރީގައި އެވަނީއެވެ.

މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ:

އާދައިގެ ހަނޑުލުންނަމަ މީހަކަށް -/13 ރ (ތޭރަ ރުފިޔާ)

ތައިލެންޑު ހަނޑުލުންނަމަ މީހަކަށް -/43 ރ (ސާޅީސް ތިންރުފިޔާ)

ބާސްމަތީ ހަނޑުލުންނަމަ މީހަކަށް  -/81 ރ (އަށްޑިހަ އެއްރުފިޔާ)

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

01 ރަމަޟާން 1439

16 މެއި 2018

16 މޭ 2018