ދިވެހިރާއްޖެ
`
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL) 142-C2/1/2018/128
އިޢުލާން
1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް ގދ.ތިނަދޫއިން ބަލައިގަތުމާއި ބެހޭ
05 ރަމަޟާން 1439 (20 މެއި 2018 ) ވާ އާދީއްތަ ދުވަހުން ފެށިގެން 29 ރަމަޟާން 1439 (13 ޖޫން 2018 ) ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:00 އަށް ގދ. ތިނަދޫ މީޑިއާ ސެންޓަރުގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. ތިނަދޫގައި ޒަކާތް ބަލައިގަންނަ އަގުތައް ތިރީގައި އެވަނީއެވެ.
- އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.50/- ރ (ބާރަ ރުފިޔާ ފަންސާސް ލާރި)
- ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43/- ރ (ސާޅީސް ތިން ރުފިޔާ)
- ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 84/-ރ (އަށްޑިހަ ހަތަރު ރުފިޔާ)
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ރަމަޟާން 1439
16 މެއި 2018