މަސައްކަތް
ނަންބަރު: (A)DC-2018/68
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2018
ޕަބްލިޝްކުރި ގަޑި: 17:03
ސުންގަޑި: 28 މޭ 2018 11:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
"ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު" އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

  ނަންބަރ:A)DC-2018/68)

އިޢުލާނު

"ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު" އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

1. ކޮމިޝަނުގެ ނަންބަރ: 55/A)DC-2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގެންފައި ނުވާތީވެ، އެ އިޢުލާނު ބާޠިލްކޮށް މަޢުލޫމާތު ކަރުދާހުގައިވާ "ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު" އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2018/W-003

ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު އިނގިރޭސި ބަހަށް ތަރުޖަމާކުރުން

2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 މެއި 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

3. ބީލަން ހުޅުވުން އޮންނާނީ  2018 މެއި 28 ވާ ހޯމަ ދުވަހުގެ 11:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

29 ޝައުބާން 1439

15 މޭ 2018