ދިވެހިރާއްޖެ
އިޢުލާނު
ކ.ގުރައިދޫގައި އެސްޓީއޯ ފާމަސީއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
އެސްޓީއޯ އިން ކ. ގުރައިދޫގައި ހިންގުމަށް އަޅާ އައު ފާމަސީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންވެލައްވާ ބޭފުޅުން 2018 މެއި 23 ވާ ބުދަ ދުވަހު 1100 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 މެއި 23 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 މެއި 24 ވާ ބުރާސްފަތި ދުވަހު 1300 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންވެލައްވާ ސުވާލުތައް 2018 މެއި 27 ވާ އާދިއްތަ ދުވަހުގެ 1300 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 މެއި 28 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 މެއި 31 ވާ ބުރާސްފަތި ދުވަހު 1300 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3344180، 3344321
ފެކްސް: 3344633
އީމެއިލް: [email protected]
15 މެއި 2018