ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS1/138/2018/70
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2018
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި:
14 ޖޫން 2018 13:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ހިޔާ އެކްސްޕޯ 2018" ޕްރޮގްރާމްގެ ފޯމު ދޫކުރުމުގެ ރަމަޟާން މަހުގެ ގަޑިތަކަށް ބަދަލު އައުމާއި ގުޅޭ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ "ހިޔާ އެކްސްޕޯ 2018" ޕްރޮގްރާމްގެ ފޯމު ދޫކުރުމުގެ ރަމަޟާން މަހުގެ ގަޑިތަކަށް ބަދަލު އައުމާއި ގުޅިގެން ތިރީގައި ދެންނެވިފައިއެވާ ގަޑި ތަކުގައި ދަރުބާރުގެއިން ފޯމު ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
- ހޮނިހިރު ދުވަސް – ރޭގަނޑު 21:00 – 23:00 އަށް
- އާދިއްތަ – ބުރާސްފަތި 10:30 – 13:30 އަށް
ރޭގަނޑު 21:00 – 23:00 އަށް
އަދި މީގެ އިތުރުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފޯމު ދޫކުރަން ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
15 މޭ 2018