ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2018/36
|
ތާރީޚް: 15 މޭ 2018
|
މަޤާމާއި ކްލެސިފިކޭޝަން
|
އިންސްޕެކްޓަރ ޖެނެރަލް
|
ރޭންކް: އީ.އެކްސް 6
|
ކްލެސިފިކޭޝަން
|
ޑިރެކްޓަރ ޖެނެރަލް
|
ޢަދަދު
|
1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/15,560 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/7,780 (މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ރިސްކް އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
|
އަސާސީ ޝަރުޠު
|
1- ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞީލުކޮށްފައިވުމާއެކު އެގްޒެކެޓިވް ލެވެލްގައި (އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ) މަގާމެއްގައި 6 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
2- ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ.އެކްސް 4 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
3- ސަރުކާރުގެ ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްޢިއްޔާ ނުވަތަ ޖަމާޢާތެއްގައި ކަމާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުމާއެކު ސީނިއަރ ލެވެލްގައި ތަޖުރިބާ ލިބިފައިވުން، އަދި
4- ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
|
އެހެނިހެން ޝަރުތު
|
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއެކު އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމް ތަންފީޛު ކުރިތާ 7 އަހަރު ވެފައިވުން.
- އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
- ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.
- މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ގާއިމްކޮށްފައި ހުންނަ ކޯޓް ތަކުގައި ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން.
- އިސްކޮޅުގައި، ފިރިހެނެއްނަމަ 5 ފޫޓް 3 އިންޗި ހުރުން، އަދި އަންހެނެއްނަމަ 5 ފޫޓް ހުރުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީދާއިރާގެ ސެކިއުރިޓީ ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ދިރާސާތައްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ރާވާ، ހިންގާ ބެލެހެއްޓުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ޢިމާރާތްތަކަށް ލިބިދާނެ ގެއްލުންތައް އަންދާޒާކޮށް އެފަދަ ގެއްލުމަކުން ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ޢިމާރާތްތައް ހިމާޔަތްކުރެވޭނެ އިންތިޒާމު ހަމަޖައްސާ ބެލެހެއްޓުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސިޔާތުސަތުތައް އެކުލަވާލުމުގައި ދޭންޖޭހޭ ލަފަޔާ އިރުޝާދު ދިނުމާއި، ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެކަށައެޅޭ ސިޔާތުސަތުތައް ތަންފީޒުކުރުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ދިނުމުގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ސެކިއުރިޓީގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ދާއިމީގޮތެއްގައި ދޭންޖެހޭ ފިޓްނަސް ޓްރޭނިންގ ދިނުން.
- ޝަރުޢީދާއިރާގެ ސެކިއުރިޓީ ޙާލަތާ ގުޅޭގޮތުން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލާ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ޕްރޮފެޝަނަލް ޓްރޭނިންގ ދިނުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާ ބެލެހެއްޓުން.
- މިނޫންވެސް މަސައްކަތާގުޅޭގޮތުން އިސްވެރިން ޙަވާލުކުރައްވާ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ އޮނިގަޑުން ދަރަޖަ ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2018 މޭ 27 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އިންސްޕެކްޓަރ ޖެނެރަލްގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: %40
- މަސައްކަތުގެ ތަޖްރިބާ: %8
- މަސައްކަތަށް ބޭނުންވާ ހުނަރު:
- ލިބިފައިވާ ހުނަރާއި، ސިފަތައް (އިންޓަރވިއު) : %30
- ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ޕޮއިންޓް:
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނަށާއި، ޝަރުޢީދާއިރާގައި ހެދިފައި ހުންނަނަ ޤަވާޢިދުތަކާއި އުޞޫލުތަކަށް އަހުލުވެރި ފަރާތަކަށްވުން.
- ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގު ރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވުމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާއިން ޕްރެފެޝަނަލް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ނަންގަވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތަކަށްވުން.
- ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާއާގުޅޭ ކަންކަމުގައި ލަފާދިނުމުގެ ޤާބިލުކަމާއި ޤައުމީ އަދި ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްޘީލުކުރުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|