ނީލަން
ނަންބަރު: (IUL)305/305/2018/51
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަގަހެއް ސިޓީލައި ނީލަމުގައި ވިއްކާލުމާއި ގުޅޭ

އިޢުލާން

 

ފުނަގަހެއް ސިޓީލައި ނީލަމުގައި ވިއްކާލުމާއި ގުޅޭ

ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ވެއްޓިފައި އޮތް 134 ސެންޓި މީޓަރު ފަލަމިނުގެ ފުނަގަހެއް ސިޓީލައި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިފުނަގަސް ނީލަމުން ނަގާ ފަރާތަކުން ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު، 30 ޖޫން 2018 ހޮނިހިރު ދުވަހުގެ ކުރިން ގަސް ނެގުން އެދެމެވެ.  މި މުއްދަތު ހަމަވާއިރު ގަސް ނުނަގާ އޮވެއްޖެނަމަ، އެފަރާތެއްގެ ކިބައިން ނީލަން ބާޠިލްވާނެއެވެ. އަދި މިގޮތަށް ބާޠިލްވެއްޖެނަމަ މިނީލަމަށް ދެއްކި ފައިސާ އަނބުރާ ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 މެއި 2018 ވާ އާދިއްތަ ދުވަހުން ފެށިގެން ސިޓީއަކުން އަގު ހުށަހެޅުން އެދި ދެންނެވީމެވެ. ނީލަން ފެށޭ އަގަކީ -/500 ރުފިޔާ އެވެ. މިނީލަން ނިމޭނީ އެންމެ މަތި އަގު ހުށަހަޅާ ފަރާތަކަށް، އެފަރާތެއްގެ އަގު ރަސްމީ 3 ދުވަސް ވަންދެން ބަދަލެއް ނައިސް އޮވެއްޖެނަމައެވެ. އަދި ކޮންމެ ދުވަހެއްގެވެސް އެންމެ މަތީ އަގާއި، އަގު ހުށަހެޅުއްވި ފަރާތުގެ މަޢުލޫމާތު ތާޅަފިލިން އާންމު ކުރެވެމުން ގެންދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   29 ޝަޢުބާން 1439

                   15   މެއި  2018

 

 

 

15 މޭ 2018