ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)227-ID/227/2018/28
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 31 މޭ 2018 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމަރޖެންސީ ޕަންޕް ސިސްޓަމް ޤާއިމުކުރުމުގެ ޕްރޮޖްކްޓަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ށ.އަތޮޅުގެ ރަށްރަށުގައި އިމަރޖެންސީ ޕަންޕް ސިސްޓަމް ޤާއިމުކުރުމުގެ ޕްރޮޖްކްޓަށް ބޭނުންވާ ތިރީގައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

#

ތަފްޞީލް

ބޭނުންވާ ޢަދަދު

1

4” ފެން ޕަންޕް

14

2

100 މީޓަރ ހޮޅި (4 އިންޗި)

14

 

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 މެއި 23ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  2018 މެއި 31ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

            މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނި، ޕާޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މިއިދާރައިގެ 6540025، 6540038 ނަންބަރަށް ގުޅުއްވުން އެދެމެވެ.

                    29 ޝަޢުބާން 1439

                    15 މެއި    2018

15 މޭ 2018