މަސައްކަތް
ނަންބަރު: (IUL)233-ADS/233/2018/10
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 30 މޭ 2018 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް އިދާރާގެ ދެ ފާޚާނާ މަރާމާތު ކުރުން

މި ކައުންސިލް އިދާރާގެ ދެ ފާޚާނާ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)233-ADS/233/2018/9 ) 06 މެއި 2018 ) އިޢްލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ޚާޟިރުވެލައްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  27 މެއި 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  30 މެއި 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ  30 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު  13:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެބޭފުޅެއްގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިއްޕަވައިގެން ޙާޟިރުވެވަޑައިގަތުން އެދެމެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް:

މަސައްކަތުގެ އަގު (އެންމެ ކުޑަ ކޮށް ހުށަހަޅާ އަގަށް)

60 ޕޮއިންޓް

މަސައްކަތު ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި)

20 ޕޮއިންޓް

މާލީ ގާބިލުކަން

5 ޕޮއިންޓް

މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް)

15 ޕޮއިންޓް

ޖުމްލަ

100 ޕޮއިންޓް

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

15 މޭ 2018