ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-E/22/2018/85
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 20 މޭ 2018 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑަންޓް އޭރިޔާގެ ފަރުނީޗަރު ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                              ނަމްބަރު: IUL)22-E/22/2018/85)    

އިޢުލާން

ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑަންޓް އޭރިޔާގެ ފަރުނީޗަރު ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް.

 

ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑަންޓް އޭރިޔާގެ ފަރުނީޗަރު މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)22-G/22/2018/71 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.

 

މި މިނިސްޓްރީއިން ދޭ މައުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑަންޓް އޭރިޔާގެ ފަރުނީޗަރު މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތަށް މައުލޫމާތު ސެޝަންއެއް ނޯންނާނެއެވެ. މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް 19 މެއި 2018 ވާ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.                                                                               

 

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ((RFQ Document ފުރިހަމަކޮށް ހުށައަޅަންޖެހޭނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް، ފަރުނީޗަރ ސްޕެސިފިކޭޝަން އަދި މައުލޫމާތު ކަރުދާސް އިއުލާނުގައި އެޓޭޗްކުރެވިފައިއެވަނީއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 20 މެއި 2018 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް އަދި ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

 

މަސައްކަތަށް ހޮވުން:

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

 

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341319، 3341318.

– އީމެއިލް: [email protected]      

15 މެއި 2018

15 މޭ 2018