މަސައްކަތް
ނަންބަރު: 368/IUL/2018/17
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2018
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 22 މޭ 2018 11:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއް ސަލާމް މިސްކިތުގައި ހަރުކޮށްފައިވާ އޭ.ސީ ތަކަށް ކަރަންޓް ލުމާއި ގުޅޭ

މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މަސްޖިދުއްސަލާމް މިސްކިތުގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަނަރ (އޭސީ) ތަކަށް އަމިއްލަ ތަކެތީގައި ކަރަންޓު ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ޖަލްސާކުރާ މާލަމް

22 މޭ 2018

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

ޖަލްސާކުރާ މާލަމް

27 މޭ 2018

އާދީއްތަ

11:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް، ޕާރޓްނަރޝިޕްއެއް، ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏެއް، ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ އެފަރާތުގެ ނަމުގައި ފޮނުވާ ފަރާތަކަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި އެ ލިޔުމާއިއެކު، އެފަރާތުގެ ރަޖިސްޓްރީ ކޮޕީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. 

 
14 މޭ 2018