ތަމްރީނު
ނަންބަރު: MNU-CA-RG/2018/64
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2018
ޕަބްލިޝްކުރި ގަޑި: 20:52
ސުންގަޑި: 14 ޖޫން 2018 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ ގައި 2018 ޖުލައި ގައި ފެށުމަށް އިޢުލާންކުރި ކޯސްތަކަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

ޖުލައި 2018 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނާނީ 20 މެއި 2018 ވާ އާދީއްތަ ދުވަހުން ފެށިގެން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާ 2018 ޖުލައިގައިފަށާ ކޯސްތަކުގެ މަޢުލޫމާތުހިމެނޭ ޝީޓުގައިވާނެއެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv  އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

 

ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ

 

  1. ސެޓްފިކެޓް 3 އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް - ހދ.ކުޅުދުއްފުށި
  2. ސެޓްފިކެޓް 3 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓަނެންސް - ހދ.ކުޅުދުއްފުށި

 

މަތީގައިވާ ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:

http://mnu.edu.mv/wp-content/uploads/2017/11/Course-info-sheet-2018-JULY-Intake-16.pdf

14 މޭ 2018