ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2018/45
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 22 މޭ 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކޯސްތަކާގުޅޭ މެޓީރިއަލްސްތަކުގެ ލޭއައުޓް ހެދުމާއި ކޯސްތައް ކޯޑިނޭޓް ކުރުމަށް ރިސޯސް ކޯޑިނޭޓަރެއް ހޯދުމަށް ބޭނުންވެއެވެ.

އިޢުލާން

 

    ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކޯސްތަކާގުޅޭ މެޓީރިއަލްސްތަކުގެ ލޭއައުޓް ހެދުމާއި ކޯސްތައް ކޯޑިނޭޓް ކުރުމަށް ރިސޯސް ކޯޑިނޭޓަރެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:       1    

ޝަރުތު:            ގުޅޭ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން. ޢަރަބި ބަސް ދަންނަ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި މަތީ ތަޢްލީމުގެ މަރްކަޒެއްގައި ފަންނީ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ:            މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ

މުއްދަތު:            ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް.

                 

ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 13.30ގެ ކުރިން ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

14 މޭ 2018