މަސައްކަތް
ނަންބަރު: (IUL) 296/296/2018/32
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 20 މޭ 2018 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ ލޭބަރުން ގެނެސް ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

 

 

 

މިރަށު ވޭސްޓް މެނޭޖްމެންޓް ސެނަޓަރ ގައި މަސައްކަތް ކުރުމަށްޓަކައި ބިދޭސީ ލޭބަރުން ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި އިޢުލާނ/296/2018/29އަށްމައުލޫމާތު ސާފު ކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

       މައުލޫމާތު ސާފު ކޮށްދިނުން އޮންނާނީ 15މެއި 2018 ވާ  އަންގާރަ ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ20 މެއި 2018 ވާ އާދިއްތަދުވަހުގެ 13:00ށް މިއިދާރާއަށެވެ.

 މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. މި ކަމަށް އެދި ކުރިމަތި ލެވޭނީ  ވިޔަފާރީގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

 

13 މޭ 2018