ދިވެހިރާއްޖެ
މުލަކަތޮޅު ވޭވަށުގައި ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާއިބެހޭ
މ. ވޭވަށުގައި ބަށިކޯޓެއް އެޅުމަށް ވޭވަށު ކައުންސިލް އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތައް މަސައްކަތް ކުރާނެ ފަރާތެއް ހޯދަން މިއިދާރާއިން ކުރި ނަމްބަރ: 363/2018/A-10 (29 އެޕްރީލް 2018) އިޢުލާން އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެފަރާތަކުން ހާޒިރުވެފައިވާތީ އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.
މ. ވޭވަށުގައި ބަށިކޯޓެއް އެޅުމަށް ވޭވަށު ކައުންސިލް އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތައް މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވުމާއިއެކު ދެންނެވިގޮތަށް އަމިއްލަ ތަކެތީގައި ވޭވަށުގައި ބަށިކޯޓު އެޅުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމަށް ހާޒިރުވެދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކްރުމާއި ލިޔެކިޔުން ހަވާލުކުރުން |
20 މެއި 2018 |
އާދީއްތަ |
13:00 |
އަންދާސީ ހިސާބު ބަލައިގަތުން |
24 މެއި 2018 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ހަވާލުވެލެއްވުމަށާއި، މަޢުލޫމާތުސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކާ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށު ބަށިކޯޓު އެޅުމަށް" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.