ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2018/25
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2018
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 04 ޖޫން 2018 13:45
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:

   

  ނަންބަރު: IUL)120/1/2018/25) 

 

އިޢުލާން

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:

 

2018 ވަނަ އަހަރުގެ ނޮވެންބަރު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2018 މޭ 14 އިން ފެށިގެން 2018 ޖޫން 04 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އިމްތިޙާނު ބާއްވާ ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ. 2018 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނު ބާއްވާ ކޮންމެ ރަށެއްގައި، ސިވިލް ސަރވިސް އިމްތިޙާނު ވެސް ބާއްވާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ރަމަޟާން މަހުގައި ފޯމު ބަލައިގަންނާނީ 10:00 ން 13:45 އަށެވެ.

ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.  އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

 

 

28 ޝަޢުބާން 1439

14  މޭ    2018

14 މޭ 2018