ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2018/24
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2018
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 04 ޖޫން 2018 13:45
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:

    ނަންބަރު: IUL)120/1/2018/24)

 

 

އިޢުލާން

2018 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން: 

2018 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2018 މޭ 14 އިން ފެށިގެން 2018 ޖޫން 4 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ރަމަޟާން މަހުގައި ފޯމު ބަލައިގަންނާނީ 10:00 ން 13:45 އަށެވެ.

ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

 

 

27 ޝަޢުބާން 1439

13   މޭ   2018

14 މޭ 2018