ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS31/2018/09
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 24 މޭ 2018 12:00
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މަސައްކަތު)

މަޤާމު މަސައްކަތު
ބޭނުންވާ ޢަދަދު 03
މަޤާމުގެ ނަމްބަރ

J-131638

J-275362

J-275361
މަޤާމުގެ ގިންތި ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ސަޕޯޓިންގ ކޯ އެލަވަންސް 1: މަހަކު -/1200 ރުފިޔާ
ޑިވިޝަން/ ސެކްޝަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މަޤާމް އޮތް އޮފީސް: ދ.އަތޮޅުމަދަރުސާ
ވަޒީފާ އަދާކުރަންޖެހޭ ތަން: ދ.އަތޮޅުމަދަރުސާ
އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1- މަދަރުސާގެ ގޯތިތެރެއާއި މަދަރުސާގެ ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު ކުނިކަހައި ވިނައުފުރައި ސާފްކޮށް ކުނިއުކައިލުން .

2- ކުލާސްތަކާއި އެހެނިހެން ރޫމްތައް ކޮންމެ ދުވަހަކު ކުނިކަހައި މޭޒުތަކާއި ގޮނޑިތަކުގައި ފެންފޮތިންފުހެ ސާފްކުރުން .

3- ފައިވާން ބަހައްޓާފައި ވަންނަ ކުލާސްތަކުގައި ކޮންމެ ދުވަހަކު މޮޕްއެޅުން.މީގެ އިތުރުން މުށިޖަހާފައި ހުންނަ އެހެނިހެން ރޫމްތަކުގައި ކޮންމެ ހަފްތާއަކު މަދުވެގެން 1 ފަހަރު މޮޕްލުުން.

4- ކޮންމެ ދުވަހަކު ހުރިހާ ފާޚާނާތަކެއް ދޮވެ ސާފްކުރުން.

5- ދެ މަހުން އެންމަހު ފާޚާނާތަކުގެ ބިއްތަކާއެކު ފާޚާނާތައް ސާފްލައިގެން ދޮވެ ސާފްކުރުން.

6- ދެ މަހުން އެންމަހު ހުރިހާ ކްލާސްރޫމްތަކާއި، އެހެނިހެން ރޫމްތަކުގެ ދޮރުތަކުގެ ބިއްލޫރިތަކާއި،ކަތިފިލައިތަކާއި، ފަންކާތަކާއި، ކަބަޑުތަކާއި އަދި ބިއްތަކާއި ސީލިންގުގެ މަކުނުވާ ފޮޅައި ސާފްކުރުން.

7- ކޮންމެ ދުވަހަކު ސްޓަރފްރޫމާއި،އެޗްއޯޑީރޫމްގެ ކޫލަރަށް ފެންއެޅުން އަދި އޮފީހުގެ އައިސް އަލަމާރި އަށް ފެންލުން.

8- ބައްދަލުވުންތަކަށް ކިޔަންޖެހޭ ފަރާތްތަކަށް ސިޓީ އަދި ސުލިޕް ޙަވާލުކުރުން.

9- ބައްދަލުވުން އޮންނަތަން ތައްޔާރުކޮށް،ބައްދަލުވުން އޮންނަ ވަގުތުގައި އެހީތެރިވެދީ،ބައްދަލުވުން ނިމުމުން އެތަން ކުރިން ހުރިގޮތަށް ތައްޔާރުކުރުން.

10- މެހުމާނުންގެ ލަގެޖު އުފުލުން.

11- މަދުވެގެން އަހަރަކު އެއްފަހަރު ފެންތާގީތައް ސާފްކުރުން.

12- މަހަކު އެއްފަހަރު ދިޔަދޮވިތަކާއި ފުރާޅުތައް ސާފްކުރުން.

13- ގޯތިތެރޭގައި ބެހެއްޓިފައިހުރި ޑަސްބިންތަކަށް އަޅާކުނި ދެ ދުވަހުން އެއްދުވަހު އުކައިލުން.ނަމަވެސް ކުލާސްތަކުގެ ޑަސްބިންތަކަށް އަޅާކުނި  ކޮންމެ ދުވަހަކު އުކައިލުން.

14- ގޯތިތެރޭގައި ހައްދާފައިހުރި ބަގީޗާ ގަސްތަކުގެ އެތެރެ ކޮންމެ ދުވަހަކު ސާފްކުރުން.އަދި ބަގީޗާ ގަސްތަކަށް ފެންދިނުން.

15- މަދަރުސާއަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ތަންތަނަށް ގެންގޮސްދޭންޖެހޭ ތަކެތި ގެންގޮސްދިނުމާއި އަދި ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަނެގެން ގެނެސްދިނުން.

މަޤާމުގެ ޝަރުޠުތައް:
  1. ލިޔަންކިޔަން އެގުން

ނޯޓް:

  • ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީނު) %26

2. މަސައްކަތު ތަޖުރިބާ (ވަޒީފާއާ ގުޅޭ ތަޖުރިބާ / އެހެނިހެން ތަޖުރިބާ) %26

3. ލިބިފައިވާ ހުނަރު (އިންޓަރވިއު) %48
ހުށައަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލޫ ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

    (ހ). ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ). އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި: ވަޒީފާއަށް އެދޭ ފޯމް ދ.އަތޮޅު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv)  ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މެއި 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ދ.އަތޮޅުމަދަރުސާގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 މެއި 29 އާއި 2018 މެއި 31 އާ ދެމެދު، ދ.އަތޮޅު މަދަރުސާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %25 (ފަންސަވީސް އިންސައްތަ)
އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅާނީ 7952915 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. 

                 އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.                    

27 ޝަޢުބާން  1439  

13 މޭ      2018  

13 މޭ 2018