ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-KC/2018/08
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 20 މޭ 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރުން ހޯދުމަށް

ވަޒީފާގެ ފުރުސަތު

މަޤާމު: އެގްޒާމް އިންވިޖިލޭޓާރ                 

ބޭނުންވާ އަދަދު: 06 (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް 02 އިންވިޖިލޭޓަރުން، ޢާންމު އިމްތިހާނުތައް އިންވިޖިލޭޓްކުރުމަށް 04 އިންވިޖިލޭޓަރުން)

 

އެގްޒާމް އިންވިޖިލޭޓަރ

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިޙާނު ހދ.ކުޅުދުއްފުށި ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓާރ

ބޭނުންވާ އަދަދު:

06 (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް 02 އިންވިޖިލޭޓަރުން، ޢާންމު އިމްތިހާނުތައް އިންވިޖިލޭޓްކުރުމަށް 04 އިންވިޖިލޭޓަރުން)

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ހދ.ކުޅުދުއްފުށި ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން
  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
  • އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

މަތީގައިވާ ޝަރުތުތަކުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

  • ޝަހާދާ ޘާނަވިއްޔާ/ޢަރަބި ބަހުގެ ޑިޕްލޮމާ / އިސްލާމިކް ސްޓަޑީޒް ޑިޕްލޮމާ / އިސްލާމިކް ސްޓަޑީޒް ޑިގްރީ ފެންވަރު ހުރި މީހަކަށްވުން ނުވަތަ
  • ދިވެހިބަހުން އަދި ޢަރަބިބަހުން ލިޔެކިޔުމުގެ ޤާބިލުކަންހުރި މީހަކަށްވުން

 

ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 20 މޭ 2018 އިން 11 ޖޫން 2018 އަށް، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހުއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ސުންގަޑި:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 20 މެއި 2018 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ކުޅުދުއްފުށި ކެމްޕަހުގެ އޮފީހަށް  ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރުކަން ކުރުމަށްއެދި ހުށަހަޅާ ފޯމް (މި ފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ކުޅުދުއްފުށި ކެމްޕަހުގެ އޮފީހުންނާއި ތިރީގައިވާ ލިންކް އިން ލިބެންހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-1.pdf

  • - ވަނަވަރު (ސީވީ)
  • - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • - ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 ނުވަތަ 6527761 އަށެވެ.

13 މޭ 2018