ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-CA305/305/2018/49
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 12 ޖޫން 2018 13:15
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

އިޢުލާން

1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

20 މެއި 2018 ވާ  އާދިއްތަ ދުވަހުން ފެށިގެން I މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:15 ން މެންދުރު 13:15 ށް މި އިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުގެ ތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.

-         އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކާނީ -/12 (ބާރަ) ރުފިޔާ

-         ތައިލެންޑް ހަނޑުލުންނަމަ މީހަކަށް ދައްކާނީ -/50 (ފަންސާސް) ރުފިޔާ

-         ބާސްމަތީ ހަނޑުލުންނަމަ މީހަކަށް ދައްކާނީ -/67 (ފަސްދޮޅަސް ހަތްރުފިޔާ )

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 H 1439

13  މެއި  2018

13 މޭ 2018