ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2018/163
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 23 މޭ 2018 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސުޕަވައިޒަރ

މަޤާމް :ސުޕަވައިޒަރ
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައިމިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސުޕަވައިޒަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު:

2018 ޑިސެންބަރ 31 ވަނަ ދުވަހުގެ ނިޔަލަށް.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދަރުބާރުގެ (އަމީނީމަގު / ކ. މާލެ) / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).

2. ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ (މަހަކު).

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މިނިސްޓްރީން ދަރުބާރުގޭގެ މާލަމްތައް ހިފާފައިވާ ފަރާތްތައް އެންގުމުން، އެފަރާތްތަކަށް މާލަމްތައް ދޫކުރުމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރުން.

2. ސަރުކާރުގެ އޮފީސްތަކަށް ބިލް ކުރާ އުސޫލުން ދޫކޮށްފައިވާ މާލަމްތަކަށް، ބިލް ހެދުމާ، ބިލަށް ފައިސާ ދައްކާފައިވޭތޯ ބެލުން، އަދި ނުދައްކާ ގިނަ ދުވަސް ވާ ފަރާތްތައް ވެރިއެއްގެ ސަމާލުކަމަށް ގެނެސް އެކަމަށް ޙައްލުހޯދުމަށް މަސައްކަތް ކުރުން.

3. ދަރުބާރުގޭގެ އެކި ކަންކަމާ ގުޅިގެން އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުން.

4. ދަރުބާރުގެއަށް އަންނަ އެކިއެކި ލިޔުންތައްތައް ހަވާލުވެ ވެރިންގެ ލަފާގެ މަތިން ކުރިއަށް ގެންދިއުމާއި  ދަރުބާރުގޭގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

5. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހޯދައި އަހަރީ ރިޕޯޓް އެކުލަވާލުމަށް މަސައްކަތް ކުރާ މުވައްޒަފަށް އެހީތެރިވެދިނުން.

6. ދަރުބާރުގެ ސަޕޯރޓް ސާރވިސް މުވައްޒަފުންގެ މަސައްކަތް މޮނިޓަރ ކޯށް ބެލެހެއްޓުން އަދި ސަޕޯޓް ސްޓާފުންގެ އެޕްރައިޒަލް ފޯރމް ފުރުމުގައި ޑިޕާރޓްމަންޓްގެ ހެޑަށް އެހީތެރިވެދިނުން.

7.ޢިމާރާތާއި ގޯތިތެރެ އާއި ފާޚާނާ ތަކާ ހޯލުތަކާ ކޮޓަރިތަކާ ބަދިގެތައް ސާފު ތާހިރުކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވުން. އަދި މަރާމާތާ ބެހޭ ކަމެއް ފެނިއްޖެ ނަމަ ނުވަތަ ރިޕޯޓް ލިބިއްޖެނަމަ އެކަން ބަލާ އަވަހަށް އެކަން އިސްފަރާތަކަށް އެންގުން.

8. ދަރުބާރުގޭ ހިންގުމަށް ބޭނުންވާ ތަކެތި، މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ރިކުއެސްޓްކުރުމަށް ބަޖެޓް ޚަރަދު ފޯރމް ހެދުމާއި އޭގެ ސްޓޭޓަސް ބެލުން.

9. ދަރުބާރުގޭ ސެކިއުރިޓީ ބެލެހެއްޓުމާއި އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން އަދި ދިމާވާ މައްސަލަތައް ހައްލުކުރުމާއި ޤަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލް ތައް ނެރުމަށް މަސައްކަތް ކުރުން.

10. މިނޫނަސް އޮފީހުގެ މަސައްކަތެއް ނުވަތަ ތަނަށް އިތުރު ކުރިއެރުމެއް ލިބޭފަދަކަމެއް އެންމެން ގުޅިގެން ކުރަންޖެހޭފަދަ މަސައްކަތެއް ވެރިޔަކު އަންގާގޮތެއްގެ މަތީންކުރުން އަދި ޔުނިޓްގެ މުވައްޒަފަކު ޗުއްޓީއެއް ނަންގަވައިފިނަމަ އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ’ސެކަންޑަރީ ސްކޫލް’ ނުވަތަ ’ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ’ދިވެހި’ މި މާއްދާއިން ދަށްވެގެން ’ސީ’ ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

35

35

40

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

 

210

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މޭ 23 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އަށް އަދި ފެކްސް 3004301 ނަންބަރު މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 2018 ޖޫން 10 އާއި 2018 ޖޫން 17 އާއި ދެމެދު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004342 ނަންބަރު ފޯނަށް ނުވަތަ 3004379 ނަންބަރު ފޯނަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3004301 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

24 ޝަޢުބާން 1439

10 މޭ 2018

10 މޭ 2018