ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ނަންބަރ: 60-އޭޑީއެމް/52/2018 އިއުލާން ބާތިލް ކުރުމަށްފަހު އަލުން އެމަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމް: ސޭލްސް މެނޭޖަރ / އެސިސްޓެންޓް މެނޭޖަރ
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/5610 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 138 (ގދ. ތިނަދޫ) ފިހާރަ / ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓް
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި، -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ފިހާރައިގެ އޮޕަރޭޝަނަލް އެންމެހައި މަސައްކަތެއް އޮޕަރޭޝަނަލް މެނުއަލްގައި ވާ ގޮތަށް ކުރުން
- ދަށުން މަސައްކަތްކުރާ އެންމެހައި މުވައްޒަފުން ސުޕަރވައިޒް ކުރުން އަދި ސޭލްސް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- ފިހާރައިގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި ފޯރކާސްޓް ކުރުމާއި އަދި އިންވެންޓްރީ ބެލެހެއްޓުން
- ވިޔަފާރި ފުރުސަތުތައް ހޯދާ ރީޖަނަލް ސޭލްސް އޮފީހާއި ގުޅިގެން އެކަން ރާވާ ހިންގުން
ފެންވަރު ނުވަތަ ޝަރުތު
- ޑިގްރީ ލެވެލްގެ ފެންވަރު ހުރުން
އެހެނިހެން ހުނަރު
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މެއި 13 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރ / އެސްޓީއޯ 138 (ގދ. ތިނަދޫ) ފިހާރައިންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]
08 މެއި 2018