ދެންނެވުން
ނަންބަރު: 60-ADM/2018/132
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:04
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުންފުނީގެ ހިންގާ ޤަވާޢިދަށް އިޞްލާޙު ގެނައުމާބެހޭ

ކުންފުނީގެ ހިންގާ ޤަވާޢިދަށް އިޞްލާޙު ގެނައުމާބެހޭ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ ހިންގާ ޤަވާޢިދު އިޞްލާޙު ކުރުމަށް އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ. މިގޮތުން ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާ އިސްލާޙުތައް 2018 ފެބްރުއަރީ 18 ވަނަ ދުވަހު ކުންފުނީގެ ވެބްސައިޓް www.sto.mv ގައި ޢާންމުކުރެވި، ކޮމެންޓު ހުށަހެޅުމަށް ހުޅުވާލެވުނު މުއްދަތުގައި ލިބިފައިވާ ކޮމެންޓުތަކަށް ބަލައި، އިޞްލާޙު ހުށަހެޅުމުގެ މުއްދަތު ވާނީ އިތުރުކުރެވިފައެވެ. ކޮމެންޓުކުރުމަށް ހުޅުވާލެވުނު މުއްދަތުގައި ލިބިފައިވާ ކޮމެންޓުތަކާއެކު 2018 މާރިޗް 31 ވީ ހޮނިހިރު ދުވަހު ޙިއްޞާދާރުންނާއެކު ހޮޓަލް ޖެންގައި ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމަށް ކުންފުނީގެ އެންމެހައި ޙިއްޞާދާރުންނަށް ޢާންމުކޮށް ދަޢުވަތު އަރުވާފައިވާނެއެވެ. އަދި މި ބައްދަލުވުމުގައި ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ޙިއްޞާދާރުންގެ ޚިޔާލު ހޯދިފައިވެއެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިޞްލާޙުތަކާއި ލިބިފައިވާ ކޮމެންޓްތަކަށް ރިޢާޔަތްކޮށް، ހިންގާ ޤަވާޢިދަށް ގެނައުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާ އިޞްލާޙުތައް ކުންފުނީގެ ވެބްސައިޓް www.sto.mv ގައި މި އިޢުލާނާއެކު ޢާންމު ކުރަމެވެ. އަދި 2018 މެއި 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުންފުނީގެ "އަހަރީ ޢާންމު ޖަލްސާ 2017" ގައި މިއައިޓަމަށް ވޯޓަށް އެހޭނީ، 2018 މެއި 08 ގައި "ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިޞްލާޙުތައް" ކަމަށް ޢާންމު ކޮއްފައިވާ ޑޮކިއުމަންޓުގައި ބަޔާންކޮއްފައިވާ ގޮތަށެވެ.   

ވީމާ، މިކަން އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

08 މެއި 2018

22 ޝަޢުބާން 1439

09 މޭ 2018