1. މާލެ އާއި ވިލިނގިލީ ފަޅު ބޭނުންކުރާ ފަރާތްތަކުން ފަޅާބެހޭ ޤަވައިދާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމާއި، އެ ޤަވައިދާ ޚިލާފްވާ ފަރާތްތައް ބަލާ އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ އެފަދަ މައްސަލަތައް ހައްލުކުރުން.
2. މާލެއާއި ވިލިނގިލީ ފަޅުން ދޫކޮށްފައިވާ ފައްތިޔާ އަދި ފަޅުހުއްދަ ދޫކޮށްފައިވާ އުޅަނދުފަހަރު ޗެކުކުރުމާއި ހުއްދަ ނެތް އުޅަނދުފަހަރުގައި ސްޓިކަރ ޖެހުން.
3. ބަނދަރުމަތީ އެއްވެސް ސަރަހައްދެއްގައި ގަވައިދާ ޚިލާފަށް މުދާބަހައްޓާތޯ ބެލުމާއި އަދި ހުއްދަނެތި ބަހައްޓާ މުދާ ނެގުމާއި، އެފަދަތަކެތި ނައްތާލުމުގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް އެންގުން.
4. މާލެއާއި ވިނިގިލީ ފަޅުގެ އެކިސަރަހައްދުގައި ހަދާފައިވާ ފާލަން ތަކުގައި މީހުން އަރުވާ ބާލަން ނޫން ގޮތަށް އަޅައިގެން ތިބޭ އުޅަނދުފަހަރު ނެގުން.
5. މަސްމާރުކޭޓް ސަރަހައްދުގައި މަހަށް ނުފުރާ 7 ދުވަސްވާ އުޅަނދުފަހަރު ފާހަގަކޮށް އެފަދަ އުޅަނދުފަހަރާއި މެދު ފިޔަވަޅުއެޅުން.
6. ފަޅުބޭނުންކުރާ އެއްވެސް އުޅަނދަކުން މޫދަށާއި އެއްގަމަށް ކުނި އަޅާތޯ ބެލުމާއި ކުނިއަޅާ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށް " ކުނިމެނޭޖްކުރުމާއި ބެހޭ ޤަވާއިދާ ޚިލާފުވުމުން އެދޭ ސްލިޕް " ހަވާލުކުރުން.
7. އާންމު ފަރާތްތަކުން ފަޅުތެރެއާއި ބެހޭގޮތުން މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލައެއް ބަލާ ޙައްލުކޮށްދިނުން އަދި އެމައްސަލައެއް ވަގުތުން ހައްލު ނުވެއްޖެނަމަ މަސައްކަތާ ގުޅޭގޮތުން ހުންނަވާ ސުޕަވައިޒަރަށް އެކަން ވަގުތުން އެންގުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އެހީތެރިކަން ހޯދުން.
8. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އެއްގަމުތޮށި (ދުވާރު) މައްޗަށް އަރުވައިގެން އުޅަނދުފަހަރަށް މުދާ އަރުވާ ބާލާނަމަ އެކަން ހުއްޓުވާ އެއުޅަނދެއް ތޮށިމަތިން ބޭލުން.
9. ފަޅުގައިވާ އުޅަނދަކަށް ކެރޭން ނުވަތަ ކެރޭން ލޮރީ ބޭނުންކޮށްގެން ހުއްދަނެތި އެއްވެސް އެއްޗެއް އަރުވާ ބާލާނަމަ އެކަމެއް ހުއްޓުވުން.
10. ފަޅުތެރޭ އެއްވެސް ސަރަހައްދަކަށް އުޅަނދެއް އަޑިއަށް ހިނގައްޖެނަމަ ސެކްޝަނަށް އެއުޅަނދާއި ބެހޭރިޕޯޓް ކުރުން.
11. މާލެއާއި ވިނިގލީ ބަނދަރާއި ގުޅިގެން ހަރުކޮށްފައިވާ ލައިޓްތަކާއި ނެރުބައްތިއަށް ލިބޭގެންލުމާއި ،ބައްތިތައް ދިއްލޭތޯ ބެލުން.
12. ޑިއުޓީގަޑީގައިކުރާ ހުރިހާ މަސައްކަތެއްގެ ރިޕޯޓް ތައްޔާރުކުރުމާ، ޔައުމިއްޔާ ނުވަތަ ޗެކްލިސްޓް ލިޔެ ސްޕަވައިޒަރު އަންގަވާ ގޮތެއްގެ މަތިން ސެކްޝަނަށް މަޢުލޫމާތު ހުށަހެޅުން.
13. ސަރުކާރުގެ އެކިއެކި ރަސްމިއްޔާތުތަކަށް ފަޅުގެ އެކިސަރަހައްދުތަށް ހުސްކުރަން ޖެހޭ ދުވަސްތަކަށް ހުސްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
14. މީގެ އިތުރުންވެސް މަސައްކަތާ ގުޅޭގޮތުން ސެކްޝަނުން އަންގާ އެއްގުންތަކާ އެއްގޮތަށް މަސައްކަތްކުރުން.
|