ދިވެހިރާއްޖެ
މިމިނސްޓްރީގެ ދަށުން ހިނގަމުންދާ ތިރީގައިމިވާ އޮފިސްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)30-C/30/2018/67 އިއުލާނާއި ގުޅިގެން ދެވުނު މައުލޫމާތުގައި މައްސަލަތަކެއް އުޅޭތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
- ފެޑް ސެންޓަރ / ހުޅުމާލެ
- މެރައިން ރިސާރޗް ސެންޓަރ/ މާލެ
- ފިޝަރީޒް ޓްރެއިންގް ސެންޓަރ / ވިލިމާލެ
ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާގެ ޖަލްސާކުރާމާލަމްއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގެ 7 ވަނަ ފަންގިފިލާ ޖަލްސާކުރާމާލަމްއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
20 މެއި 2018 (އާދިއްތަ) ދުވަހުގެ 11:00 އަށް |
15 މެއި 2018 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް |
އިތުރު މަޢްލޫމާތު ހޯއްދެވުމަށް 3339211/3339239ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.