ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ މަސައްކަތު މީހުންނާއި، ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންގެ ޔުނިފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)142-A1/142/2018/11 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސެޝްން ބޭއްވިފައިނުވާތީ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދޭން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ހަރަކާތް |
ތަން |
ތާރީޙް |
ގަޑި |
|
މައުލޫމާތު ސާފުކުރުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
10 މޭ 2018 |
11:00 |
|
އެސްޓިމޭޓް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
14 މޭ 2018 |
11:00 |
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނޭ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020286 ނަންބަރު ފޯނަށެވެ.
22 ޝަޢުބާން 1439