ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/149
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2018
ޕަބްލިޝްކުރި ގަޑި: 18:44
ސުންގަޑި: 20 މޭ 2018 11:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިލިމާލޭގައި "މިކްސްޑް ޔޫސް މާކެޓް ހޯލް" އެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ

ވިލިމާލޭގައި "މިކްސްޑް ޔޫސް މާކެޓް ހޯލް"އެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު        (IUL)138-AS6/1/2018/125 ( 17 އެޕްރީލު 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މޭ 13 ވާ އާދީއްތަ ދުވަހުގެ 11:30 އަށް  މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މޭ 20 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 މޭ 13 ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 2018 މޭ 20 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 މޭ 2018