ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/146
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2018
ޕަބްލިޝްކުރި ގަޑި: 18:41
ސުންގަޑި: 20 މޭ 2018 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ބަލަހައްޓަވަމުންގެންދަވާ ލޯކަލް މާރުކޭޓުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި މިނިސްޓްރީގެ ދަށުން ބަލަހައްޓަވަމުންގެންދަވާ ލޯކަލް މާރުކޭޓުގެ ދޮރާއި ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/91 (01 އެޕްރީލު 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މޭ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މޭ 20 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.    

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 މޭ 10 ވާ އާދީއްތަ ދުވަހުގެ 11:30 އިން ފެށިގެން 2018 މޭ 20 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 މޭ 2018