ދިވެހިރާއްޖެ
މިއޮފީހުގައި މިހާރު ބޭނުން ކުރާ އައިސްވޯރޕް އީމެއިލް ސޮފްޓްވެއަރގެ ލައިސަންސް އިތުރުކުރުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު
(IUL)7-ADMN/1/2017/31 (25 އެޕްރީލް 2018)، އިޢުލާނާ ގުޅިގެން ތިންފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަފަހަރަށް ހުޅުވާލަމެވެ. މި ދެންނެވުނު ލައިސަންސާއި ޕޮއިންޓު ދޭނެ އުސޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.audit.gov.mv/procurement-announcements.aspx
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މެއި 2018 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ހާޟިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected] އީމެއިލަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.