ދެންނެވުން
ނަންބަރު: (IUL)292-MU/292/2018/23
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 15 މޭ 2018 12:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުން ރަޖިސްޓްރީ ކުރުމާބެހޭ

އިޢުލާން

 

ފަޤީރުންގެ ލިސްޓްގައި ރަޖިސްޓްރީކުރުމާބެހޭ:

 

                 1439 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި 2018 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީންވަނީ ފުރުޞަތު ހުޅުވާލާފައެވެ. ވީމާ، ފަޤީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފަޤީރުންގެގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރާނީ މިއަދުން ފެށިގެން 15 މެއި 2018 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. ފޯމް ބަލައިގަތުން އޮންނާނީ 07 މެއި 2018 ވާ ހޯމަ ދުވަހުން ފެށިގެން 15 މެއި 2018 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. ފަޤީރުންގެގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. 1438 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓްގައިވާ ފަރާތްތައް އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ފަޤީރުންގެ ލިސްޓްގައި ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީން އުނިވާން އެދޭނަމަ މިއަހަރު ފިޠުރު ޒަކާތް ބެހުމުގެ ކުރިން ފަޤީރުންގެ ލިސްޓުން އުނިވާންއެދޭ ފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީއާއެކު އެކަން ބަޔާންކޮށް މިއިދާރާއަށް ހުށައެޅުން އެދެމެވެ.

                 ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                 20 ޝައުބާން 1439

                 06 މެއި 2018

06 މޭ 2018