ދިވެހިރާއްޖެ
ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިބަދަލުވުން
އިޢުލާން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު: 6/2018 ( 29 އެޕްރީލް 2017 ) އިން 1439 ވަނަ އަހަރުގެ ރަމަޟާންމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި އާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތުގަޑި ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ހަމަޖެއްސުމާއި ގުޅިގެން، މިކޮމިޝަންގެ ރަސްމީ މަސައްކަތުގަޑި އަކީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމުގައި ހަމަޖައްސައި މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިކޮމިޝަނަށް ފައިސާ ބަލައި ގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 ގެ ކުރިން ކަމުގައި ވެސް ދެންނެވީމެވެ.
21 ޝަޢުބާންން 1439
07 މޭ 2018