ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2018/24
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2018
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 15 މޭ 2018 12:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ފަޤީރުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު

1439 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 07 މެއި 2018 އިން ފެށިގެން 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 13:30 އަށެވެ. 1438 ވަނަ އަހަރުގެ ފިޠުރު ޒަކާތް ލިބިލައްވާފައިވާ ފަރާތްތަކުން މިއަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް (އަލަށް ރަޖިސްޓްރީވުމަށް) އެދި ފޯމް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޯމްގައި ބަޔާންކޮށްފައިވާ ތަކެއްޗާއި އެކުގައެވެ. ފަޤީރެއްގެ ގޮތުގައި ނަންނޯޓް ކުރެވޭނީ ދަޢުލަތުން އެއްވެސް ފައިސާއެއް ލިބި ނުލައްވާ ފަރާތަކުންނާއި އާމްދަނީގެ ގޮތުގައި ދުވާލަކަށް -/44ރ (ސާޅިސް ހަތަރު ރުފިޔާ) ނުލިބޭ ފަރާތްތަކުންނެވެ.

ވީމާ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

06 މޭ 2018