ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)22-E/22/2018/74)
އިޢުލާން
ޑިޖިޓަލް ކިޔު ސިސްޓަމްއެއް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް.
މި މިނިސްޓްރީއިން ދޭ މައުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑަންޓް އޭރިޔާއަށް ޑިޖިޓަލް ކިޔު ސިސްޓަމްއެއްސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން:
މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް 8 މެއި 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ((RFQ Document ފުރިހަމަކޮށް ހުށައަޅަންޖެހޭނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް އަދި މައުލޫމާތު ކަރުދާސް އިއުލާނުގައި އެޓޭޗްކުރެވިފައިއެވަނީއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް އަދި ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
މަސައްކަތަށް ހޮވުން:
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341319، 3341318.
– އީމެއިލް: [email protected]
6 މެއި 2018