މަސައްކަތް
ނަންބަރު: MMS-A/2018/05
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 20 މޭ 2018 11:30
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމާ ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން                                    

  ނަންބަރު:MMS-A/2018/05

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމާ ގުޅޭއަންދާސީ ހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް ޒަމާނީ ވަސީލަތްތަކުގެ އެހީ ގައި، އަވަސްކަމާއެކު ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި، މިސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމަށް ބޭނުންވެއެވެ. ވީމާ، މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކޮށްދީ އެލާރޓް ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަަކަށް ފުރުސަތު ހުޅުވާލަމެވެ. 

 

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 މެއި 13 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައެވެ. މަޢުލޫމާތު ސެޝަންގައި، މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްއާއި މުހިންމު މަޢުލޫމާތުތަކެއް ހިއްސާ ކުރުމަށް ހަމަޖެހިފައިވާތީ، މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

2018 މެއި 20 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި އިދާރަގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

06 މެއި 2018

06 މޭ 2018