މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/SH-FAH/2018/12
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 09 މޭ 2018 11:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ އާރް.އޯ ޕުލާންޓުގެ ލޮނުފެން އަޅާ ޓޭންކު ބަހައްޓާ ބުޑުއެޅުމާއި ލޮނުފެން ބޭރުކުރާ ހޮޅިތައް މަރާމާތުކުރުން

އިޢުލާން

ށ. އަތޮޅު ހޮސްޕިޓަލުގެ އާރް.އޯ ޕުލާންޓުގެ ލޮނު ބޭރުކުރާ ހޮޅި މަރާމާތުކުރުމާއި ލޮނު އަޅާ ޓޭންކު ބަހައްޓާ ބުޑު އެޅުމަށް ކުރި ނަންބަރ: IUL)SH-FAH/RM/SH-FAH/2018/10) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 މެއި 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މޭ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ށ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

20 ޝަޢުބާން 1439

 

06 މޭ 2018