މަސައްކަތް
ނަންބަރު: 371-B2/2018/25
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 24 މޭ 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްދޫ ޕްރީސުކޫލް ގޯތީގައި އެންޓަނާއެއް ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ފ. ބިލެތްދޫ ޕްރީސްކޫލް ގޯތީގައި ލޯޑްސްޕީކަރެއް ހަރުކުރުމަށްޓަކައި އެންޓަނާއެއް ޖަހައި ލޯޑްސްޕީކަރ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މެއި 15 ވާ އަންގާރަ ދުވަހުގެ ހެންދުނު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2018 މެއި 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/100 ރުފިޔާގެ ފީއެއް ދެއްކެވުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ޕްރީ ސްކޫލް ގޯތީގައި އެންޓަނާއެއް ޖެހުމުގެ މަސައްކަތު އަންދާސީ ހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

  • މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް
  • ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
  • ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް
  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް
  • މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް
  • މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު
06 މޭ 2018