ދިވެހިރާއްޖެ
އިޢުލާން
ކާޑެއްދޫ އެއަރޕޯޓުން 03 ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ބެހޭ
ކާޑެއްދޫ އެއަރޕޯޓުގެ މަގު ޖެޓީ އާއި ޓާރމިނަލްއާއި ދެމެދުގައިވާ ފިހާރަބަރި (464 އަކަފޫޓްގެ 03 ފިހާރަ) ކުއްޔަށް ހިފާނެފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)448/1/2018/18 އިޢުލާނާއި ގުޅިގެން އަގު ހުށައަޅުއްވާފައިވަނީ 2 ފަރާތަކުން ކަމަށްވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 13 މެއި 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މެއި 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
20 ޝައުބާން 1439
06 މެއި 2018