ދިވެހިރާއްޖެ
ނަފާދޯނީގެ އިންޖީނު އޯވަރހޯލް ކުރުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2018/33 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އައްދާސީ ހިސާބުތައް ފުރިހަމަ ނުވާތީ އާއި އަގުތައް އެކަށީގެންވާވަރަށް ވުރެން ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މެއި 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މެއި 2018 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.