ދިވެހިރާއްޖެ
އައި.ޓީ ހާރޑްވެއަރ ތަކެތިފޯރުކޮށްދޭނެފަރާތެއްހޯދަން ބޭނުންވެއްޖެ
ނަންބަރ: TENDER/AS/2018/004
މިކުންފުނީގެ ނަންބަރު TENDER/AS/2018/003 އިޢުލާނާއި ގުޅިގެން މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ޙާޒިރުވެލައްވާފައިވާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ މަދުކަމަށްވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރީމެވެ.
މިކުންފުންޏަށް އައި.ޓީ ހާރޑްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިކަމާގުޅޭ މަޢުލޫމާތު ކަރުދާހުގައި އިރުޝާދު ދީފައިވާގޮތަށް، 2018 މެއި 8 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިކުންފުންޏަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިއިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
http://aasandha.mv/wp-content/uploads/2018/05/RFP-Server-and-Network-Hardware-Rebid.pdf
ބޭނުންވާ ތަކެތި: ސާވާރ ހާރޑްވެއަރ، ނެޓްވޯރކް ހާރޑްވެއަރ
އަންދާސީ ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސް ރޫމަށެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.