މަސައްކަތް
ނަންބަރު: (IUL)231-PR/231/2018/25
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 24 މޭ 2018 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.އޮޅުވެލިފުށި އަދި ޅ.ނައިފަރުގައި ގެއެއް ޢިމާރާތް ކުރުމަށް ބޭނުންވެއްޖެ

ޅ. މާފިލާފުށީގައި ދިރިއުޅެމުންއައި ޢާއިލާތައް ބަދަލު ކުރުމުގެ މަސައްކަތުގައި ޅ. މާފިލާފުށިން ޅ. ނައިފަރަށް އަދި ޅ.މާފިލާފުށިން ޅ.އޮޅުވެލިފުއްޓަށް ބަދަލުވި ޢާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޅ.އޮޅުވެލިފުށީގައާއި ޅ.ނައިފަރުގައި ގެއެއް ޢިމާރާތް ކުރުމަށް ބޭނުންވެއްޖެއެވެ. 

ޅ. ނައިފަރު އަދި ޅ. އޮޅުވެލިފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ގެ އިމާރާތްކުރުމަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާނީ ކޮންމެ ގެއަކަށް ވަކިންނެވެ.

ވީމާ މިމަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކުރަން ޝައުޤުވެރިވާ ފަރާތްތަކުން ޕްރީބިޑްމީޓިންގަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ
15 މެއި 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި
 
ބިޑް ފޯމު ވިއްކާ އަގަކީ -/30ރ އެވެ. ބިޑް ވިއްކުން ކުރިޔަށްދާނީ، 03 މެއި 2018 އިން ފެށިގެން 15 މެއި 2018 އަށް ރަސްމީ ދުވަސްދުވަހުގެ 8:00 އިން 12:00 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
 
އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ
24 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި
03 މޭ 2018