ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2018/011
މަޤާމް: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް/ސެންޝަން: އެކައުންޓްސް އެންޑް ފައިނޭންސް
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން, އެކައުންޓިންގ ހިމެނޭގޮތައް، "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފައިސާ ބެލެހެއްޓުމާއި ބަޖެޓުގެ މަސައްކަތްކުރުން.
- އެކައުންޓްސް ރިކޯޑުތައް ބެލެހެއްޓުމާއި ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
- ފައިސާގެ މުޢާމަލާތްތަކުގެ ފައިލް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ދާކަން ކަށަވަރުކުރުން.
- މިނޫންވެސް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/4000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
- އެޓެންޑަންސް އެލަވަންސް: -/1400 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
ކުރިމަތިލުމުގެ ސުންގަޑި: 2018 މޭ 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-English.pdf
https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-Dhivehi.pdf
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.