މަސައްކަތް
ނަންބަރު: (IUL)305/305/2018/45
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 10 މޭ 2018 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ ގޯތިތެރޭގައި ހުރި ފެންހަންތަކުގެ ފުރާޅު މަރާމާތު ކުރުން

އިޢުލާން

ހިނަވާގެ ގޯތިތެރޭގައި ހުރި ފެންހަންތަކުގެ ފުރާޅު މަރާމާތު ކުރުން

ރ.މާކުރަތު ހިނަވާގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ފެންހަންތަކުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމައް ބޭނުންވެއެވެ. އަދި މިމަސައްކަތުގެ ތެރޭގައި ޕްރީސްކޫލް ފެންހަން ބެހެއްޓުމަށް ހެދިފައިވާ ބެޑު މަރާމާތުކޮށް ފެންވައިރު ކުރުންވެސް ހިމެނޭ ވާހަކަ ދެންނެވީމެވެ.

ވީމާ، މައިގަނޑު ތަކެތި ދިނުމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 މެއި 2018 ވާ ހޯމަދުވަހުގެ، 11:00 ށް މިއިދާރާއަށް ވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މެއި 2018 ވާ ބުރާސްފަތިދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  17 ޝައުބާން 1439

                   03 މެއި 2018

03 މޭ 2018