މަސައްކަތް
ނަންބަރު: GS78/IULAAN/2018/06
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 07 މޭ 2018 13:15
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މިސްކޫލު ހޯލްއިމާރާތުގެ ޕާޓިޝަންތައް ނައްޓައި އައުކޮށްދޭނެ ފަރާތެއް ހޯދުން.

މިސްކޫލު ހޯލްއިމާރާތުގެ ޕާޓިޝަންތައް ނައްޓައި އައުކޮށްދޭނެ ފަރާތެއް ހޯދުން.

 

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލް، ހޯލްއިމާރާތުގެ ޕާޓިޝަންތައް ނައްޓައި އައުކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހަމައެކަނި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ތިންވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.  މިކަމާއިގުޅިގެން ކުރެވުން ނަންބަރ GS78/IULAAN/2018/05 އިޢުލާން  ، މިސްކޫލްގެ އިންޓަރނެޓަށް ދިމާވިމައްސަލައަކާއިގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓްގައި ޕަބްލިސްކުރެވިފައިނުވާތީ އެއިޢުލާން ބާތިލްކުރަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

7 މެއި 2018 ވާ ހޯމަ ދުވަހުގެ މެންދުރު 13:15

10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:15

ނޯޓް: މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 


އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

03 މޭ 2018