ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2018/29
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 09 މޭ 2018 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރު ރަމަޟާން މަހު ޙާފިޒުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް

                            

 

  ނަމްބަރު: (IUL)248-ESMSMS/248/2018/29  

އިޢުލާނު

 

1439 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ކީރިތި ޤުރްއާން ހިފުޡުކޮށް ތަރާވިޙު ނަމާދާއި، ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އަރުވައި އެމަސައްކަތް ކޮށްދޭނެ ފަރާތަކަށް ވަނީ ބޭނުންވެފައެވެ.

މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނާރޝިޕް ، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތާއެކު) ގެންނަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުން 07 މެއި 2018 ވާ ހޯމަ ދުވަހުގެ 10.00 ން ފެށިގެން 09 މެއި 2018 ވާ ބުދަދުވަހުގެ 13.00 އަށް

އަންދާސީ ހިސާބު ހުށައެޅުއްވުން 09 މެއި 2018 ވާ ބުދަ ދުވަހުގެ 13.00 އަށް

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަށް ލައި ބަންދުކޮށް ތަރާވިޙު ނަމާދާއި،ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އަރުވައި ދިނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ. 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

               16 ޝަޢުބާން 1439 

               02 މެއި   2018

02 މޭ 2018