ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2018/98
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 08 މޭ 2018 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޯލް ސެންޓަރ އޮޕަރޭޓަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ބޭނުންވާ ޢަދަދު:

 

 

05 (ފަހެއް)

މުސާރަ

-/7،000 ރ (ހަތްހާސް ރުފިޔާ)

މަޤާމްގެ ޝަރުތު:

މަތީ ސާނަވީ އިމްތިހާން ނިންމާފައިވުން

މަސްއޫލިއްޔަތު:

 

-          މި މިނިސްޓްރީގެ ކޯލް ސެންޓަރގެ އެންމެހާ މަސައްކަތްތައް ކުރުން

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

-          އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތް ކޮންފައިވާ މިންވަރާއި މި މަސައްކަތަށް ޝައުގުވެރިކަން ހުރި މިންވަރު

-          ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތައް

-          ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

-          ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

ސުންގަޑި:

08 މެއި 2018 (އަންގާރަ) ދުވަހުގެ 13:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349169/3349252 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

02 މޭ 2018