ދިވެހިރާއްޖެ
ބީލން ހުށަހެޅުމުގެ ދައުވަތު
ރަސްމިއްޔާތުތައް ބޭއްވުމަށް ޓެންޓު ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ
މިމިނިސްޓްރީގެ ފަރާތުން 2018 ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތަކުގެ ޚިދުމަތް ދިނުން ފެށުމުގެ ރަސްމިއްޔާތުތަށް ބޭއްވުމަށް ޓެންޓު ހޯދަން ކުރެވުނު ނަންބަރު: IUL)438-WS/438/2018/86) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ ގޮތަށް ޓެންޓް ހެދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދެވަނަ ފަހަރަށް ހުޅުވައިލަމެވެ.
- 40ފޫޓް X 80ފޫޓް ޓެންޓް
- ޓެންޓް ވަށައިގެން ފަރުދާ ލެވިފައި (ސަތަރި/ދޮރު ފޮތި)
- އަވިނުވާ ގޮތަށް އަދި ވާރޭ ނުވެހޭ ގޮތަށް ހިޔާކުރެވިފައި
- ސަތަރި/ފޮތި ކުލަ: ހުދުކުލަ
ރެޖިސްޓަރ ކުރުން:
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން އިން 10 މޭ 2018 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 ން މެންދުރުފަހު 13:00 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:
މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 09 މޭ 2018ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
ހުށަހަޅަށްޖެހޭ ތަކެތި:
- މަސައްކަތްކޮށްދޭ އަގުގެ (ފައިނޭންޝަލް)
- ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު/ ޕާސްޕޯޓު ކޮޕީ/ ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ
އިވެލުއޭޝަން ކްރައިޓިރިޔާ:
- އަގު 80 މާރކްސް ((lowest price/quoted price x 80
- ތަޖުރިބާ 20 މާރކްސް (ކޮށްފައިވާ މިބާވަތުގެ ކޮންމެ މަސައްކަތަކަށް 5 މާރކްސްގެ އުސޫލުން ގިނަވެގެން 20 މާކްސް)
- މަދުވެގެން ތަޖުރިބާގެ ގޮތުގައި އެއް މަސައްކަތް ކޮށްފައި ހުންނަން ޖެހޭނެއެވެ.
ބީލަން ހުށަހަޅަންޖެހޭ ސުންގަޑި:
ބީލަން ހުޅުވުން އޮންނާނީ 15 މޭ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބީލަން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.